މާލޭ މަގުމަތީން އަންހެނެއްގެ އަތުން ފޭރުނު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، މިރިޔާސް މަގުން ހިނގާފައިދިޔަ އުމުރުން 66 އަހަރުގެ ދިވެހި އަންހެނެއްގެ އަތުން ފޭރުނު މީހަކު ހިފަހައްޓާފައިވާ ކަމަށެވެ. އެކަމުގެ މައުލޫމާތު ލިބުނީ މިރޭ 8:30 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




