އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާތައް ދޭން ފެށި ފަހުން، އީރާނުން ދެމުން އަންނަ ރައްދު ހަމަލާތަކާ ގުޅިގެން އިސްރާއީލުން ޒަހަމްވި މީހުންގެ އަދަދު 3،000 އަށް ވުރެ މައްޗަށް އަރައިފިއެވެ.
އިސްރާއީލުގެ ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 177 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
އިސްރާއީލުގެ ސިއްހީ ވުޒާރާއިން އެކްސްގައި އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އިއްޔެ ހެނދުނާ ހަމައަށް ޖުމްލަ 3،924 މީހަކު ވަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ވަނީ ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފައެވެ. މި ހަމަލާތައް ދީފައި ވަނީ އެ ގައުމުން ނިއުކްލިއާ ހަތިޔާރު ހާސިލުކުރަން އުޅޭ ކަމަށް ބުނެއެވެ. އޭގެ ފަހުން އީރާނުން އިސްރާއިލާއި، މެދުއިރުމަތީ ސަރަހައްދުތަކުގައި ހުންނަ އެމެރިކާގެ ތަންތަނަށްވެސް ވަނީ ވަރުގަަދަ ހަމަލާތަކެއް ދީފައެވެ.
މި ހަމަނުޖެހުންތަކުގައި މިހާތަނަށް އިސްރާއީލުގެ 15 މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. މީގެ ތެރޭގައި ލުބުނާނުގައި ހިނގި ކުރިމަތިލުންތަކުގައި މަރުވި އިސްރާއީލުގެ ދެ ސިފައިންވެސް ހިމެނެއެވެ.




