ރާއްޖެއަށް ހަ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުކޮށްފައި ވަނީ އިންޑިއާގެ އީޝްވަރުމުރިތީ ޝަންމުގަމް، 24، އާއި ޔުތިޝް ރާޖް ރަޖަން، 27، އެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.
ކޯޓުން ބުނީ އެ ދެ މީހުންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަހުގީގުކުރުމަށްޓަކާއި މީހުންނާއި ތަކެތި ހަވާލުކުރާ ފޯމާއި ފުލުހެއްގެ ބަޔާން ހުށަހަޅާފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ރާއްޖެ އައިއިރު އެ ދެ މީހުން ގެނައި ދެ ލަގެޖުން ހަ ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް އައިއޯ ފާހަގަކުރާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.



