ރާއްޖޭގައި ކާބޯތަކެތި އުފައްދަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ހިލޭ ބިން ފޯރުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގައި ކާބޯތަކެތި އުފެއްދުމުގެ ދާއިރާއަށް އިންވެސްޓްކުރާ އަމިއްލަ ފަރާތްތަކަށް ސަރުކާރުން ހާއްސަ ލުއިތަކެއް ދިނުމަށް ނިންމަވާފައިވާކަމަށެވެ.
ރައީސް ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުން އިންތިހާއަށް އިސްކަންދޭ ކަމެއް ކަމަށާއި، މިހާރު މެދުއިރުމަތީގައި ކުރިޔަށްދާ ހަނގުރާމައާއި ގުޅިގެން ރާއްޖޭގެ އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރުން މުހިންމު ކަމަށެވެ.
އަދި ރާއްޖޭގައި އުފެއްދޭ ބާވަތްތައް އުފެއްދުމަށް ޕްރައިވެޓް ސެކްޓަރަށް ހިތްވަރު ދިނުމުގެ ގޮތުން، އެފަދަ މަސައްކަތްތަކަށް ބޭނުންވާ ބިން ހިލޭ ފޯރުކޮށްދިނުމަށާއި، ދައުލަތަށް ދައްކަންޖެހޭ ޓެކްސްތަކުން ބޮޑެތި ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ގަސްތުކޮށްފައެވެ.
މިގޮތުން ރާއްޖޭގައި އުފެއްދޭ ބާވަތްތައް އުފެއްދުމަށް ޕްރައިވެޓް ސެކްޓަރަށް ހިތްވަރު ދިނުމުގެ ގޮތުން، އެފަދަ މަސައްކަތްތަކަށް ބޭނުންވާ ބިން ހިލޭ ފޯރުކޮށްދިނުމަށާއި، ދައުލަތަށް ދައްކަންޖެހޭ ޓެކްސްތަކުން ބޮޑެތި ލުއިތަކެއް ދިނުމަށް ސަރުކާރުން ގަސްތުރައްވާ ކަމަށް ރައީސް މިއަދު އިއުލާނުކުރެއްވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބޭރުގެ ހަމަނުޖެހުންތަކާ ގުޅިގެން އަސާސީ ކާބޯތަކެތި ލިބުމުގައި މިވަގުތަށް އެއްވެސް ދަތިކަމެއް ނެތް ނަމަވެސް، ދުރު ރާސްތާއެއްގައި ގައުމުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ މިފަދަ އިންސެންޓިވްތަކެއް ދީގެން އަމިއްލަ އުފެއްދުންތެރިކަން ފުޅާކޮށްގެންނެވެ.




