ގދ. ފިޔޯރީގައި މަސް ހިފަންގޮސް އުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ ގަހާކޯޅި / ގދ. ފިޔޯރީ، މުޙައްމަދު ޙުސައިން (79އ) އެވެ.
ފުލުހުން ބުނީ، ގދ. ފިޔޯރީގައި ދާޖަހައިގެން މަސް ހިފަންގޮސް އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މާރިޗު 28 ވަނަ ދުވަހުގެ 13:42 އެހައިކަންހާއިރު ކަމަށެވެ.
އެމީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



