ތ. ކަނޑޫދޫގައި ފާރެއްވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.
އިއްޔެ ހަވީރު އެރަށަށް ކުރި ވިއްސާރައިގައި، ވެއްޓުނު ފާރެއްގެ ދަށުވެ، ސީރިއަސް އަނިޔާތަކެއް ވެފައި ވަނީ އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
މިހާދިސާ ހިނގީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. އެހެންނަމަވެސް މޫސުން ގޯސްކަމުން ކަނޑު ދަތުރުކުރާނެ ގޮތެއް ނެތުމުން އެކުއްޖާ މާލެ ގެނައުމުގައި ލަސްތަކެއް ވެގެން ދިޔައީކަމަށް އެރަށު ކައުންސިލުން ބުނެފައި ވެއެވެ.
މި ހާދިސާގައި ލިބުނު ގެއްލުންތަކަށް އެކުއްޖާ ފަރުވާ ހޯދީ ކަނޑޫދޫ ސިއްހީ މަރުކަޒުގަ އެވެ. އެތަނުގައި އެކްސްރޭ ނެގޭނެ ގޮތެއްވެސް ނެތެވެ. އަދި އެތެރެހަށީގެ ޑޮކްޓަރެއްގެ ޚިދުމަތްވެސް ލިބޭކަށް ނުހުރެއެެވެ. އެހެންކަމުން މިކުއްޖާއަށް ލިބުނު އަނިޔާގެ ތަފުސީލު ސާފުވާގޮތެއް ނުވެއެވެ.
މިހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ރޭ ފުލުހުން ބުނެފައި ވެއެވެ.



