ގއ. ވިލިނގިލި ސްކޫލްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފްއިން ބުނީ، މި ހާދިސާގެ ރިޕޯޓް ލިބުނީ ރޭ 00:40 ހާއިރު ކަމަށެވެ.
އަދި އެ ސްކޫލުގައި ރޯވި އަލިފާން، ވިލިނގިލީގައި ތިބި ސިފައިންނާއި މުއައްސަސާތައް އަދި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ރޭ 01:26 ހާއިރު ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑީއެފްއިން ބުނީ، އަލިފާން ނިއްވާލެވުނީ ރޭ 02:50 ހާއިރު ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.




