މާލޭ ގެއެއްގެ ދޮރުމަތީގައި އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ މާލެ، ހެންވޭރު ކަޅުހުރާ މަގުގައި ހުންނަ ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު ފެނިފައިވާ ކަމަށެވެ.
އެކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު އިރުއޮއްސި 6:18 އެހައިކަންހާއިރު ކަަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ހަބަރު ހުސްވެފައިވަނިކޮށް ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށެވެ. އަދި އެމީހާއަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސް ފަރުވާ ދެމުން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



