މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާރޑް) މުޙައްމަދު ރިޝްވާން އެ މަޤާމުންނާއި އެ ކުންފުނީގެ ބޯޑު މެންބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނިގޮތުގައި، ރިޝްވާން މަޤާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވަނީ 6 އެޕްރީލް 2026 ގައެވެ.
އަދި ރިޝްވާން ހުށަހެޅުއްވި އިސްތިއުފާ ޤަބޫލުކޮށް، މިހާރު ވަނީ އެ މަޤާމުން ވަކިކޮށްފައިކަމަށް ޕީސީބީއިން ބުންޏެވެ.
ރިޝްވާން މަޤާމުން ވަކިވެވަޑައިގެންނެވި ސަބަބެއް ޕީސީބީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އޭނާ މަޤާމުން ވަކިވުމަށް މިއަދު އަންގާފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.



