ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވާން ބޭނުން ފަރާތްތަކަށް އެފުުރުސަތު މާދަން ހުޅުވާލާނެކަމަށް، މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފި އެވެ.
ޒަކާތު ހައުސްއިން ބުނީ، މާދަމާ މާލެ ސަރަހައްދުން، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ މީހުންނަށް މާދަމާއިން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ 9:30 އިން 12:00 ޖަހަންދެން ނަން ނޯޓްކުރުމުގެ އިންތިޒާމު ހަމަޖެހިފައި ވާކަމަށެވެ. ނަން ނޯޓްކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ކަނޑައަޅާފައިވާ ފޯމު ޒަކާތު ހައުސްގެ ކައުންޓަރުންނާއި، ވެބްސައިޓުން ލިބެން ހުންނާނެކަމަށް ޒަކާތު ހައުސްއިން ބުނެފައި ވެއެވެ.
ޒަކާތު ހައުސްއިން ބުނީ މި އަހަރު ފިޠުރު ޒަކާތް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ހާލަތު ބަދަލުވުމުގެ ސަބަބުން ދަފްތަރުން އުނިވެފައިވާކަން އަންގާފައި ނުވާ ފަރާތްތަކުން ފޯމު ހުށަހަޅަން ނުޖެހޭނެކަމަށެވެ. އެމީހުންނަކީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ގޮތުގައި ބަލާނެކަމަށް ޒަކާތު ހައުސްއިން ބުނެފައި ވެއެވެ.



