މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެއެއްގެ ފުރާޅު އެއްލާލައިިފި އެވެ.
އެމްއެންޑީއެފް އިން ބުނީ، އެރަށު ޓިއުލިޕްމާ ގޭގެ ފުރާޅު އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.
ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑުގައި، މިއަދު 11:59 ހާއިރު އެ ރަށު ”ޓިއުލިޕްމާ“ ގޭގެ ފުރާޅު މަގުމައްޗަށް އެއްލާލުމުން އެ ފުރާޅު މަގުމަތިން އެއްފަރާތްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިން ކަމަށްއެމްއެންޑީއެފް އިން ބުނެފައި ވެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ރޭ އައްޑޫ ސިޓީ ފޭދޫގެ ބައެއް ސަރަހައްދުތަކުގައި ފެންވެސް ބޮޑުވި އެވެ. އެރަށުގައި ހަރަކާތްތެރިވާ ސިފައިންގެ އެހީގައި ފެންގަނޑު ހިންދާ މިހާރު ވަނީ އާންމު ހާލަތަކަށް ގެނެސްފަ އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިހާރު އައްޑޫ ސިޓީއަށް އޮތީ އޮރެންޖް އެލާޓް ނެރެފައެވެ.



