މޯލްޑިވް ގޭހުގެ އާ ޝިޕްމަންޓެއް އެސްޓީއޯއަށް ރޭގައި ލިބިއްޖެއެވެ.
އެސްޓީއޯއަށް ރޭގައި ގޭހުގެ އާ ޝިޕްމަންޓެއް ލިބިފައި މިވަނީ، ގޭހުގެ އާ ޝިޕްމަންޓެއް ވިލާ ގޭހަށް އަދި އެސްޓީއޯއަށް ވެސް މިރޭ ލިބޭނެ ކަމަށާއި ގޭހުގެ އަގު ބޮޑުވުމުގެ ފުރުސަތު ނުދޭން އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނިކޮށެވެ.
މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ދަތިތައް ހައްލުކުރަން އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ވިލާއިން ގޭހުގެ އަގު ބޮޑުކުރަން ނިންމުމާއެކު ވިލާ ގޭހާއި އެސްޓީއޯއާ އެކު މަޝްވަރާތަައް ބާއްވައި ހައްލުތަކެއް ހޯދަން ވާހަކަދައްކާފައިވާ ކަމަށެވެ.
”މިރޭ ވިލާއަށް ވެސް އަދި އެސްޓީއޯއަށް ވެސް، ހަމަ ގައިމު ވެސް އެސްޓީއޯއަށް މިރޭ އެލްޕީޖީ ޝިޕްމަންޓް ލިބޭނެ. އެސްޓީއޯއާ އަޅުގަނޑުމެންގެ ކޮމިޓީން މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ބައްދަލުކުރިން މި ވާހަކަ ދައްކަން. ކޮބައިތޯ ސިނާރިއޯތަކަކީ، ކިހިނެއްތޯ ހެދޭނީ މި އަގު އަޅުގަނޑުމެން ބޭނުންވާ މިންގަނޑުގައި މެނޭޖުކުރުމަށްޓަކައި“ ނޫސްވެރިޔާ ކުރި ސުވާލަށް އިއްޔެ ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
އެސްޓީއޯއިން މިއަދު ހެނދުނު ބުނީ، މިނިސްޓަރ ސައީދު ވިދާޅުވިހެން އެސްޓީއޯއަށް ވަނީ ގޭހުގެ އާޝިޕްމަންޓެއް 7 އޭޕްރިލް ވީ އަންގާރަ ދުވަހު ލިބިފައި ކަމަށެވެ.
އަދި އެސްޓީއޯ އިން ދަނީ ރައްޔިތުންނަށް ބޭނުންވާނެ އެއްވެސް އަސާސީ ޚިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުން ކަމަށާއި ކަންކަން ވަރަށް ގާތުން ބަލަމުން ކަމަށެވެ.





1 Comment
އޯކޭ. އަގު އުޅެނީ ކިހިނެއް؟