ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ، އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޕާޓްނަރުން އިއުލާނުކޮށްފި އެވެ.
”އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2004“ ގެ ޕާޓްނަރުން އިއުލާނުކުރީ މިކަމަށް ޚާއްސަކޮށްގެން އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ)ގެ ނޫވިލު ސީ ޕްލޭން ޓާމިނަލްގައި ބޭއްވި ހަފްލާއެއްގަ އެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ އިވެންޓް ޕާޓްނަރުން:
• ރިސޯޓް ޕާޓްނަރުން: ޝެރެޓަން، މަލަހިނި
• ވެނިއު ޕާޓްނަރު: ކުރުނބާ މޯލްޑިވްސް
• ޑިޖިޓަލް ޕާޓްނަރު: ދިރާގު
• ސީޕްލޭން ޕާޓްނަރު: ޓީއެމްއޭ
• އެއާލައިން ޕާޓްނަރު: އެމިރޭޓްސް
• އޭވިއޭޝަން ޕާޓްނަރު: މޯލްޑިވިއަން
• މީޑިއާ ޕާޓްނަރުން: އައިލެންޑް ޗީފް، އޯރްކާ މީޑިއާ، ހޮޓެލިއަރ މޯލްޑިވްސް، ދަ އެރައިވަލް، ޓްރެވެލިއުޝަން މީޑިއާ
އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ އެންޑޯޒްމަންޓް ޕާޓްނަރުންގެ ގޮތުގައި ހިމެނެނީ، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން (މޮޓްކާ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަދި
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އެވެ.
”އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2004“ އޮންނާނީ ޖުލައި މަހުގެ 9 އިން 11 އަށް ކުރުނބާ މޯލްޑިވްސް ރިސޯޓުގަ އެވެ. މި ކޮންގްރެސްގައި ދުނިޔޭގެ އެކި ބައްރުތަކުން 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެކަމަށް އެމްއޭސީއެލްއިން ލަފާކޮށްފައި ވެއެވެ. މީގެ ތެރޭގައި ދުނިޔޭގެ އެއާލައިންތަކާއި،އޭވިއޭޝަަން ސަޕްލަޔަރުންނާއި، އޭވިއޭޝަންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، ފަތުުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަތައް ހިމެެނެއެވެ.
”އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2004“ އަކީ، އޭވިއޭޝަން ދާއިރާގެ އެކި ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެދާއިރާގެ ކުރިމަގާއި މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބާއްވާ ހަރަކާތެކެވެ.މިއީ، ދުނިޔޭގެ ފެންވަރުގައި އެއަރލައިންތަކާއި އެއަރޕޯޓްތައް ގުޅުވައިދޭ އެންމެ ބޮޑު އެއް ޕްލެޓްފޯމެވެ. މިކޮންގްރެސްއަކީ ގްލޯބަލް ޓްރެވެލް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތެކެވެ. މިއަހަރު ބާއްވަނީ ހަތްވަނަ ކޮންގްރެސް އެވެ.



