ރޭގެ ވަގުތެއްގައި ދެ ފުލުހަކަށް ވަޅިން ބިރު ދެއްކި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ރޭ 22:00 ހާއިރު، ކުލަ ހެދުމުގައި ތިބި ދެފުލުހަކަށް ވަޅިން ބިރު ދައްކައި، މާރާމާރީއެއް ހިންގި މައްސަލައަކާއި ގުޅިގެން ދިވެހި ތިން ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔާރުުކޮށްފައިވަނީ، އުމުރުން 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ ފިރިހެނުންކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
މި މައްސަލައިގައި އެމީހުން ހައްޔަރުކުރުމުގައި އަމަލުކުރިގޮތާމެދު ޝަކުވާތަކެއް ލިބިފައިވާތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން އެކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުންގެ އިދާރާއިން މިއަދު ބުނެފައި ވެއެވެ.



