މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުންގެ ޚިދުމަތުން އިއުލާނުުކޮށްފި އެވެ.
ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މި މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކޮށްފައިވަނީ، ޠަލްހަތު ވާފިރު ނަމަކަށް ކިޔާ ފުވައްމުލަކު މީހެކެވެ.
ހާޒިރުވާންވީ ފަރާތުގެ މައުލޫމާތު: ޠަލްޙަތު ވާފިރު، ޏ. ފުވައްމުލައް / މާދަޑު، ނަސްރީނުގެ (49އ)/އައިޑީ ކާޑު ނަންބަރު:A003233
ފުލުހުން އޭނާ ހޯދަން އިއުލާނުކުރީ، ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
އޭނާގެ ފޮޓޮއާއި ވަނަވަރު އާންމުކޮށް،މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް، ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، މިމަހުގެ 26 ވަނަ ދުވަހުގެ 11:00 ޖަހާއިރަށް ހާޒިރުވުމަށް ފުލުހުން ވަނީ، އާންމުކޮށް އަންގާ އިއުލާނުުކޮށްފަ އެވެ.




