ފުލުންތަކަކަށް ބިރު ދެއްކި ތިން މީހުން ހަތް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެދީފި އެވެ.
ރޭ 22:00 ހާއިރު، ކުލަ ހެދުމުގައި ތިބި ދެފުލުހަކަށް ވަޅިން ބިރު ދައްކައި، މާރާމާރީއެއް ހިންގި މައްސަލައަކާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ، ދިވެހި ތިން ފިރިހެނުންެވެ. ހައްޔާރުުކޮށްފައިވަނީ، އުމުރުން 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ ފިރިހެނުންނެވެ.
މި މައްސަލައާއި ގުޅޭގޮތުން ދެންމެ ފުލުހުންގެ އިދާރާއިން ބުނެފައިވަނީ، އެތިން މީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ތިން މީހުންވެސް ހަތް ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރެއް ނެރެދީފައި ވާކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި މައްސަލައިގައި އެމީހުން ހައްޔަރުކުރުމުގައި އަމަލުކުރިގޮތާމެދު ޝަކުވާތަކެއް ލިބިފައިވާތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން އެކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުންގެ އިދާރާއިން މިއަދު ބުނެފައި ވެއެވެ.


