އިތުރު ދެ މިނިސްޓްރީއަކަށް އަދި މިނިސްޓަރުން އައްޔަނު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިހެން ބުނެފައިމިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވާ ވަޒީރު ކަމުގެ މަޤާމަށް އަލަށް އައްޔަނު ކުރެއްވި ބޭފުޅުން މިރޭ މަޤާމުގެ ހުވާ ކުރައްވައި އެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވާފައި ވަނިކޮށެވެ.
މިރޭ ހުވާ ކުރެއްވީ 12 ވަޒީރުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ވަޒީރުންނާއެކު ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއާއި އިތުރު ދެ ވުޒާރާއެއްގެ ވަޒީރުން ހިމެނޭހެން ޖުމުލަ 15 ބޭފުޅުންނެވެ.
މިރޭ އިރާކޮޅު އޮތް ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރެއްވި 12 ވަޒީރުންނާއި އެ ބޭފުޅުންގެ މަޤާމުތައް:
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒެސް: މޫސާ ޒަމީރު
- މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ: އަލީ އިހުސާން
- މިނިސްޓްރީ އޮފް ފޮރިން އެފެއާޒް: އިރުތިޝާމް އާދަމް
- މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް:ޑރ. އިސްމާއިލް ޝަފީއު
- މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއާ: ގީލާ އަލީ
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވިލޮޕްމެންޓް، ޓްރޭޑް އެންޑް ޓްރާންސްޕޯޓް: މުހައްމަދު ސައީދު
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓްސް: ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން: މުހައްމަދު އަމީން
- މިނިސްޓްރީ އޮފް ޔޫތް އެމްޕަވަމެންޓް ސްޕޯޓްސް އެންޑް ފިޓްނެސް: އަބްދުﷲ ރާފިއު
- މިނިސްޓްރީ އޮފް އާރްޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް: ހީނާ ވަލީދު
- މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް: އަބްދުﷲ މުއްތަލިބް
- މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީ: އަލީ ޝަރީފް




