ހަަތަރު މީހުންނާއެކު ގެއްލިގެން ހޯދަމުން ދިޔަ މުދާ އުފުލާ ދޯންޏާއި ގުޅިފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން ބުނީ، ކ. ތިލަފުށިން ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ”އޭއޭއޭ -37“ މުދާ އުފުލާ ދޯންޏާ ގުޅިފައިވާކަމަށާއި، މިހާރު ކޯސްޓްގާރޑް ޝަހީދު އަލީ އެދިމާއަށް ދަތުރުކުރަމުންދާކަމަށެވެ. އެހެންނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.
ކ.ތިލަފުށިން ފުރިފަހުން ޚަބަރެއް ނުވެގެން، މިދޯނި ހޯދުމަށް ހުކުރު ދުވަހުން ފެށިގެން، އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި ކަނޑާއި ވައިގެމަގުން، ރޭ 12:00 ޖެހުމާއަި ހަމަޔަށްވަނީ 10،760 އަކަނޯޓިކަލް މޭލުގެ ސަަރަހައްދެއް ބަލާފަ އެވެ.
ގެއްލުނު މި ދޯނިން ދަތުރުކުރީ ބަނގްލަދޭޝްގެ ތިން މީހުންނާއި، ދިވެއްސަކާއެކު ޖުމްލަ 4 މީހުންނެވެ. އެ ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ރިޕޯޓްކުރީ ހުކުރު ދުވަހުގެ 17:20 ހާއިރު އެވެ.


