މިއަހަރުގެ ވޯލްޑްކަޕް ފެށުމަށް ކައިރިވެފައިވާއިރު، އެމެރިކާގެ ނިއުޔޯކްގައި، އާއްމު ފާހާނާތައް (ޕަބްލިކް ޓޮއިލެޓްތައް) މަފުވުމުގެ ޝަކުވާތައް ފެންމަތިވާން ފަށައިފިއެވެ.
މި މުބާރާތް ދިރާސާކުރަމުން އަންނަ ނޫސްވެރިން ބުނެފައިވަނީ، ނިއުޔޯކްފަދަ ބޮޑު ސިޓީއެއްގައި ކޮންމެ 8500 މީހަކަށް ހުރީ އެންމެ އާއްމު ފާހާނާއެއް ކަމަށެވެ. މިއީ ވޯލްޑްކަޕް ބަލަން އެކި ޤައުމުތަކުން އެތައް ހާސް ބަޔަކު ޒިޔާރަތް ކުރާއިރު، ބޮޑު ތަކުލީފަކަށް ވާނެ ކަމެއް ކަމަށް ރިޕޯޓުތަކުން ފާހަގަ ކޮށްފައިވެއެވެ.
އެހެންކަމުން އަންނަ ޖޫން މަހު ވޯލްޑްކަޕް ފެށުމުގެ ކުރިން، ވީ އެންމެ އަވަހަކަށް އާއްމު ފާހާނާތައް އިތުރު ކުރަން ޖެހޭ ކަމަށާއި މިހާރު ހުރި ފާހާނާތަކުގެ ބޭރުގައިވެސް އެތައް ބަޔަކު ގިނައިރުތަކެއް ވަންދެން ކިޔު ހަދާފައި ހުންނަކަން ފާހަގަ ކޮށްފައިވެއެވެ.
ވޯލްޑްކަޕް ބާއްވާ ސިޓީތަކުގެ ތެރޭގައި ނިއުޔޯކްގެ އިތުރުން ކެނެޑާ އާއި މެކްސިކޯ ވެސް ހިމެނެއެވެ. އަދި ވޯލްޑްކަޕްގެ ފައިނަލް މެޗު ނިއުޔޯކްގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާއިރު، މިފަދައިން ފާހާނާތައް މަދުނަމަ، ވަރަށް ބޮޑު މައްސަލަތަކަކާ ކުރިމަތިވާނެކަމަށް ބުނެފައިވެއެވެ.
މުޅި މި މުބާރާތުގައި ކުޅޭ 104 މެޗުގެ ތެރެއިން 60 މެޗު ކުޅޭނީ ވެސް އެމެރިކާގައެވެ.




