މާފަންނު ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
މަރުވެފައި އޮތް ފިރިހެނަކު ފެނިފައިވަނީ މ. ރަބީއުވިލާގެގޭ ގްރައުންޑް ފްލޯއިންނެވެ.
ފުލުހުން ދެންމެ ބުނީ، އެމީހާ މަރުވިިކަމުގެ ރިޕޯޓް 14:20 ހާއިރު ލިބުނުކަމަށެވެ. އަދި، އެ ގެ ހިމެނޭ ސަރަހައްދުގައި ފުލުހުންގެ ޓީމަކުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މ. ރަބީއުވިލާގެއަކީ، މިދިޔަ އެޕްރީލް 10ވަނަ ދުވަހު، އަލިފާނުގެ ހާދިސާއެއްވެސް ހިނގާފައިވާ ގެއެކެވެ. މިގެއަކީ، މީހުން ދިރިނޫޅޭތާ ގިނަދުވަސް ވެފައިވާ ބޮލަށް ވެއްޓޭވަރަށް ބާވެފައިވާ ގެއެކެވެ. އަލިފާނުގެ ހާދިސާއަށްފަހު، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މ. ރަބީއުވިލާގެ ތަޅާލާނެ ކަމަށެވެ.



