ރާއްޖެ އަންނަ އެއާލައިންތަކަށް ލުއިކޮށްދިނުމުގެ ގޮތުން އެމްއޭސީއެލް އިން ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ކްރައިސިސް ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް އަދި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޖެޓް ފިއުލްގެ އަގު ބޮޑުވުމުގެ ޝަކުވާ އެއާލައިންތަކުގެ ފަރާތުން ލިބޭތީ، އެކަމުން ކުރިމަތިވެދާނެ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްއާ އެކު ސަރުކާރުން ކުރި މަޝްވަރާއަށް ފަހު، މިދިޔަ ހުކުރު ދުވަހުން ފެށިގެން ޖެޓް ފިއުލްގެ އަގު ލިޓަރަކުން 0.25 ސެންޓް ހެޔޮކޮށްފައިވާ ކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގު ބޮޑުވުމުން އެމްއޭސީއެލް އިން ޖެޓް ފިއުލްގެ އަގު ބޮޑުކުރީ މިދިޔަ މަހު އެވެ.
އޭރު 1.19 ޑޮލަަރަށް ވިއްކަމުން އައި ޖެޓް ފިއުލް ލީޓަރެއްގެ އަގު އެ ކުންފުނިން 1.69 ޑޮލަރަށް ބޮޑުކުރިއެވެ.
އަގަށް ގެނައި މި ބަދަލާ އެކު، ޖެޓް ފިއުލް ލީޓަރެއް ދެން ވިއްކާނީ 1.44 ޑޮލަރަށެވެ.



