އެލައިޑް އިންޝުއަރެންސް އިން އިންތިޒާމުކޮށްގެން ބާއްވާ ޓިކްޓޮކް ޗެލެންޖުގެ މުއްދަތް ހަމަވާން 4 ދުވަހަށް ވެއްޖެއެވެ.
މުޅި ރާއްޖެއްށް ހުޅުވާލައިގެން މިދިޔަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު ހުޅުވާލި މި ޓިކްޓޮކް ޗެލެންޖުގައި ބައިވެރިވުމަށް #InsureLifeWithAllied ހޭޝްޓެގް އާއި ގުޅޭ ވީޑިއޯއެއް ހަދާ ޓިކްޓޮކަށް ޕޯސްޓު ކުރަންޖެހެއެވެ.
@allied.mv Hello, Tiktokers! We’re psyched to see what you’ve in store for us. 💙 Share your creativity under #InsureLifeWithAllied ♬ Light and pop forward-looking house CM/TV(1392916) – TSAN
ވީޑިއޯގެ ތީމްއަކަށް ވާން ޖެހޭނީ އެލައިޑް އިން ފޯރުކޮށްދޭ ލައިފް އިންސުއަރެންސް ޚިދުމަތް ކަމަށް އެ ކުންފުނިން މައުލޫމާތު ދިނެވެ. އަދި އެންމެ މޮޅު 3 ވީޑިއޯ ހޮވުމުގައި ބަލާނީ މި ޗެލެންޖުގެ ތީމް އާ ގުޅޭތޯއާއި، ވީޑިއޯގެ ކްރިއޭޓިވިޓީ އަށް ކަމަށް އެލައިޑް އިން ބުންޔެވެ. ހުރިހާ ވީޑިއޯތަކެއްގެ ތެރެއިން ހޮވާލެވޭ އެންމެ މޮޅު 3 ވީޑިއޯ އަކަށް 3000 ރުފިޔާ ގެ އިނާމެއް ދިނުމަށް އެލައިޑް އިން ވަނީ ނިންމާފައެވެ.
މި ޓިކްޓޮކް ޗެލެންޖާއި ބެހޭ އިތުރު މައުލޫމާތު އެލައިޑް ގެ ހޮޓްލައިން 1600 އަށް ގުޅާލުމުން ލިބޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދިނެވެ.



