ލަކީޑްރޯއިން 40،000 ރުފިޔާގެ ”ހިޓާޗީ“ ބްރޭންޑުގެ ހޯމް އެޕްލަޔަންސް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ފަށައިފިއެވެ.
”ފިނި ފިނި ޕްރޮމޯ“ ގެ ނަމުގައި އެސްޓީއޯއިން ކުރިއަށްގެންދާ ހިޓާޗީ އޭސީ ޕްރޮމޯޝަންގައި ހެޔޮ އަގުތަކެއްގައި ހިޓާޗީގެ އޭސީތައް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަންގައި ހިޓާޗީ އޭސީ ބައްލަވައިގަނެގެން، ކޮންމެ 1000 ރުފިޔާއަކަށް، ލަކީ ޑްރޯގައި ބައިވެރިވުމަށް ކޫޕަނެއް ލިބިގެންދާނެއެވެ.
ލަކީ ޑްރޯގެ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 40،000 ރުފިޔާގެ ހިޓާޗީ ބްރޭންޑުގެ ހޯމް އެޕްލަޔަންސް ޕެކޭޖެއް ލިބިގެންދާނެއެވެ.
ހިޓާޗީ ބްރޭންޑަކީ ދިވެހިންގެ ތެރޭގައި ނަން މަޝްހޫރު، ދިވެހިންގެ އިތުބާރު ލިބިފައިވާ ކޮލިޓީ ބްރޭންޑެކެވެ. ވަކިން ހާއްސަކޮށް ހިޓާޗީ އޭސީއަކީ ގިނަ ގެތަކުން ފެންނަ ޕްރޮޑަކްޓެކެވެ.
ފިނި ފިނި ހިޓާޗީ ޕްރޮމޯޝަން 2026 ކުރިއަށްދާނީ 5 މެއި 2026 ން ފެށިގެން 5 ޖުލައި 2026 ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަން، މާލެ، ހުޅުމާލެ އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހުރިހާ ރީޖަނަލް އައުޓްލެޓްތަކެއްގައިވެސް ކުރިއަށްދާނެއެވެ.



