އިންޑިއާގެ މަޝްހޫރު ފިލްމީތަރި އަދި މިހާރު ސިޔާސީ ލީޑަރު ސީ. ޖޯސެފް ވިޖޭ މިއަދު ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުކަމުގެ ހުވާކޮށްފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި ވިޖޭ ޗީފް މިނިސްޓަރުކަމަށް ހޮވުނީ، އިންތިހާބުގައި އޭނާގެ ޓީ.ވީ.ކޭ ޕާޓީއަށް އެންމެ ގިނަ ގޮނޑި ލިބުނު ކަމުގައި ވިޔަސް ސަރުކާރު އެކުލަވާލަން ބޭނުންވާ ވަރަށް ގޮނޑި ނުލިބުމުން އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެންނެވެ.
ޓީ.ވީ.ކޭ ޕާޓީއަށް އިންތިހާބުގައި 108 ގޮނޑި ލިބުނު ނަމަވެސް، އެއީ މަޖިލީހުގެ އަޣުލަބިއްޔަތަށްވުރެ މަދު އަދަދެކެވެ. ނަމަވެސް އިދިކޮޅު ކޮންގްރެސް ޕާޓީ ހިމެނޭހެން އެހެން ޕާޓީތަކުގެ އެހީތެރިކަމާއެކު ޖުމްލަ 120 ގޮނޑި ހަމަކޮށް، އޭނާ ވަނީ ޓަމިލްނާޑޫގެ ޗީފް މިނިސްޓަރު ކަމަށް އައުމުގެ މަގު ފަހިކޮށްފައެވެ.
ޓެމިނަލް ނާޑޫގެ ވެރިރަށް، ޗެންނާއީގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައި ބޭއްވި މި ރަސްމިއްޔާތަށް އެތައް ހާސް ސަޕޯޓަރުންނެއް އެއްވެ، ތަމަޅަ ބަހުން ”މުދަލްވަރު“ ނުވަތަ ”ޗީފް މިނިސްޓަރު“ ގެ ނަމުން ގޮވަމުންދިޔަ އެވެ.
އުމުރުން 51 އަހަރުގެ ވިޖޭ ބުނީ އޭނާއަކީ ސިޔާސީ އާއިލާއަކުން އައި މީހެއް ނޫން ކަމަށާއި، އޭނާއަކީ އާންމު ރައްޔިތެއް ކަމަށެވެ. އޭނާގެ ސަރުކާރުގެ އެންމެ އިސް އަމާޒަކީ ތައުލީމާއި، ސިއްހަތާއި، ބޯފެނާއި، މަގުތަކާއި ދަތުރުފަތުރުގެ ވަސީލަތްތައް ރަނގަޅުކުރުން ކަމަށް ބުންޏެވެ. އޭނާގެ ފުރަތަމަ ސިޔާސަތުތަކުގެ ތެރޭގައި ކަރަންޓުގެ އަގު ހެޔޮކުރުމާއި އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ.
ޓަމިލްނާޑޫގެ ޗީފް މިނިސްޓަރުކަމުގެ ހުވާ ކުރުމުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ވިޖޭއަށް މަރުހަބާ ވިދާޅުވެފައެވެ.



