ކުރީގެ ދެ މިނިސްޓަރުން ކަމަށްވާ ޠާރިގް އިބްރާހިމް އާއި އާދަމް ޝަރީފު އުމަރު ސަފީރުންގެ ގޮތުގައި އައްޔަން ކުރުމުގެ މައްސަލަ ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވާ ގޮތުން ޠާރިޤް އައްޔަން ކުރައްވަން ނިންމަވާފައިވަނީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށެވެ. ޠާރިގުވަނީ އަދުގެ ސަރުކާރުގެ އެންވަޔަރަމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރުކަން އަދާކުރައްވާފައެވެ.
ސިޓީތަކާ ލޯކަލް ގަވަމަންޓް މިނިސްޓަރުކަން އަދާކުރައްވާފައިވާ އާދަމް ޝަރީފް އުމަރު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ދިވެހިރާއްޖޭން ޤަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށެވެ.
ޠާރިގުއާއި އާދަމް ޝަރީފް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ ރައީސް މުޢިއްޒު އެމަނިކުފާނުގެ ކެބިނެޓަށް ގެންނަން ބޭނުންފުޅުވި ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. ދެ ބޭފުޅުން އިސްތިއުފާ ދެއްވުމުން ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް ދެ ބޭފުޅުންވެސް ވަނީ އައްޔަން ކުރައްވާފައެވެ.




