މި ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ވެރިކަމާ ހަވާލުވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ”ވާރުތަވި“ ދަރަނިތައް އަދާކުރެވުން ކަމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ކުރިއަށްގެންދާ ”ޕްރެސަރ ވިތު ދަ ސްޕޮކްސް“ ގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު ވަނީ މި އަންނަ އާދީއްތަ ދުވަހު މި ސަރުކާރުގެ ދައުރު ދެބައިވާނެކަން ފާހަގަ ކުރައްވާފައެވެ.
އެގޮތުން މި ފާއިތުވީ ދެ އަަހަރާ ބައިގެ މުއްދަތުގައި ސަރުކާރަށް ހާސިލު ކުރެވުނު ކާމިޔާބީތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، އެންމެ ބޮޑު ކާމިޔާބީއެއް ހާސިލު ކުރެވިފައިމިވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވުން ކަމަށެވެ.
”ޚާއްސަކޮށް އަޅުގަނޑުމެންނަށް ވާރުތަވި ދަރަނިތައް އަދާކުރެވުމުގައާއި އަދި ޖުމްލަ ގޮތެއްގައި ރައްޔިތުން އެދިވަޑައިގަންނަވާ (މި ސަރުކާރުން ވައުދުވެފައިވާ) ތަރައްގީގެ މަސައްކަތްތަކަށް ވެސް ޖާގަ ހޯއްދަވަމުން އަދި ރާއްޖޭގެ ދަރަނީ އިތުރަށް ނުއުފުލޭނެ މިންވަރަށް ބަލާފަ ތަރުތީބުކޮށްގެން އިސްތިރާޖީ ގޮތުން ކުރިއަށް ގެންދިޔުން“ މުންދޔ ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވީ އޭގައި ވަރަށް ބައިވަރު ދާއިރާތަކެއް ހިމެނޭ ކަމަށާއި އެގޮތުން ޚާރިޖީގޮތުން ކުރެވުނު މަސައްކަތްތަކަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ދެކިލައްވާ ކަމަށެވެ.



