ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާ ސަރުކާރާއެކު ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފިއެވެ.
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޗައިނާއިން ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހިންގަވަން ނިންމެވި މަޝްރޫއެކެވެ.
ދިވެހި ސަރުކާރުން ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް ތަރައްޤީ ކުރުމަށްޓަކައ، ޗައިނާ ސަރުކާރާއެކު ފަހުމުނާމާއެއްގައި ސޮއިކުރައްވާފައި ވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހުވެ. މިއަދު ސޮއިކޮށްފައިވާ ލެޓަރ އޮފް އެކްސެޗޭންޖަކީ މި ހޮސްޕިޓަލު މަޝްރޫއުގެ ސާވޭ ތައްޔާރު ކުރުމަށް، ޗައިނާ ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމެކެވެ.
މި ލެޓަރ އޮފް އެކްސްޗޭންޖްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ިބނާރާާބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ މެޑަމް ވަންގ ލިޒިން އެވެ.
މި މަރުހަލާގައި، ޗައިނާގެ ކަމާާބެހޭ ފަރާތްތަކުން ރާއްޖެ ޒިޔާރަތްކޮށް މަޝްރޫޢުއާ ގުޅޭ ގޮތުން، ޓެކްނިކަލް ތަފްސީލްތައް ދެނެގަނެ މި މަސައްކަތުގެ ޓެންޑަރ މަރުހަލާއަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކުރެވިގެންދާނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސިއްހީ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ ޙަލީލް އާއި އައިޖީއެމްއެޗްގެ ސީ.އީ.އޯ އިބްރާހިމް އަދުލް ރައްޒާގް ހަލީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.



