މި އަހަރު ޙައްޖުވެރިންގެ އިސްވެރިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ކަނޑައަޅުއްވައިފި އެވެ.
ކޮންމެ އަހަރަކުވެސް ދިވެހި ޙައްޖުވެރިންގެ އިސްވެރިއެއްގެ ގޮތުގައި ބޭފުޅަކު ކަނޑައަޅުއްވައެވެ.
ސަރުކާރުން ބުނީ މި އަހަރު ޙައްޖުވެރިންގެ އިސްވެރިއެއްގެ ގޮތުގައި މިނިސްޓަރު ސައީދު ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ހައްޖުވެރިންގެ އިސް ޝެއިޚަކަށް ވަޑައިގެންނެވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރު ޑރ. އިލްޔާސް ހުސެއިން އެވެ.
މި އަހަރު ޙައްޖަށްދާ ދިވެހީން މިހާރު ވަނީ ފުރާފައެވެ. ތިން ވަނަ ގުރޫޕް ފުރީ މިއަދުއެވެ.


