ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ޢަބްދުﷲ ޖަލީލް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ޢަބްދުﷲ ޖަލީލް އަވަހާރަވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ، މަރުޙޫމްގެ ޢާއިލާއަށާއި ތުރާކުނު ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވާފައެވެ.
“މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަބްދުﷲ ޖަލީލް ލައްވާށި. އާމީން.“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޢަބްދުﷲ ޖަލީލްއަކީ ހއ.ތުރާކުނު ކުޑަކަތީބުކަމާއި ކަތީބުކަންވެސް ކުރައްވައި، ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.




