މިއަހަރުގެ ބަރަކާތްތެރި އަޟްހާ ޢީދު ބަންދާ ގުޅިގެން، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކަސްޓަމަރ ކެއާ ސާވިސް ބަންދުވާނެ ދުވަސްތައް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ޢީދު ބަންދާ ގުޅިގެން މި ހިނގާ މެއި މަހުގެ 24 އިން 28 އަށް އެ ކުންފުނީގެ ކަސްޓަމަރ ކެއާ ބަންދު ވާނެ ކަމަށެވެ.
ނަމަވެސް އެޗްޑީސީގެ ކޯލް ސެންޓަރުގެ ޚިދުމަތް (1516 ގެ ޚިދުމަތް) މި މުއްދަތުގައި ވެސް 24 ގަޑިއިރު ލިބޭނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ޢީދު ބަންދާ ގުޅިގެން ސަރުކާރު އިދާރާތައް މި މަހުގެ 24 އިން ބަންދުވެއެވެ. ދެން ސަރުކާރު ހުޅުވޭނީ 31 މެއި ގައެވެ.


