ހުޅުމާލެ މޫދަށް ރޭ ފޭބިފަހުން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނުނު އިރުވެސް އޮތީ ނިޔާވެފައި ކަަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިހާދިސާގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ހެނދުނު 08:25 އެހައިކަންހާއިރު މޫދު އަޑިން އޭނާގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި، ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ ނިޔާވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.
ނިޔާވެފައިވައި ވަނީ ކ.ގުރައިދޫ / ރަތްވިލާގެ ، އިބްރާހިމް ޝާކިރު (48 އަހަރު)އެވެ.
ފުލުހުން ކުރިން ބުނީ، އިއްޔެ އިރުއޮއްސި 6:30 ހާއިރު ހުޅުމާލެގެ ސްޓެލްކޯ އާއި ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ. އެވަގުތުން ފެށިގެން އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެން ހުޅުމާލެ ފަޅުތެރެއަށް ޑައިވްކޮށްގެން ވަނީ އެމީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




