އަވަށްޓއރި ސްރީލަންކާގައި ނުރައްކާތެރި ”މެނިންޖައިޓިސް“ ފެތުރެމުންދާ ކަމަށް ރިޕޯޓްކޮށްފިއެވެ.
އެ ޤައުމުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ބައެއް ރިޕޯޓްތަކުން ބުނެފައިވަނީ، ހަލުވި ކަމާއެކު ”މެނިންޖައިޓިސް“ ލަންކާގައި ފެތުރެމުންދާ ކަމަށެވެ.
އެގޮތުން މިހާތަނަށް 100 މީހަކަށް އެ ބަލި ޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި، މިހާތަނަށް އެ ބަލި ފެނިފައިވަނީ ލަންކާގެ ހަތަރު ސިޓީއަކުންނެވެ. އެއީ ދެނިޔާޔާ، ދިޔާޓަލަވާ، ކުރުނެގަލާ އަދި ކޭންޑީއިންނެވެ. ގިނައިން އެ ބަލި ޖެހިގެން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށެވެ.
”މެނިންޖައިޓިސްގެ“ ބައެއް އަލާމާތްތައް:
° ހުން އައުން
° ބޮލުގަ ރިއްސުން
° މޭނުބައިކުރުމާއި ހޮޑުލުން
° ކަރު ކައިރީގައި ވާންކަމެއް ހުރުން
° އަވީގައި އުޅެން އުނދަގޫވުން
ލަންކާގެ ހެލްތު މިނިސްޓްރީން ވަނީ އެ ބައްޔާއި ގުޅިގެން އާންމުން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓޭނެފަދަ އެއްވެސް ދޮގު ވާހަކަތަކެއް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.



