އ.ދ. އަތޮޅުގައި އޮންނަ ސެންތާރާ ގްރޭންޑް އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ޗައިނާގެ ފަތުރުވެރިޔަކު ގެނބެނިކޮށް ސަލާމަތް ކުރަން މޫދައް ފޭބި އެ ރިސޯޓުގެ މުވައްޒަފަކު ގެނބިގެން މަރުވެއްޖެއެވެ.
އެ ރިސޯޓުން މިކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 11:05 ގައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ރިސޯޓުގެ މުވައްޒަފު އ.ދ. ދަނގެތީ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
ފަތުރުވެރިޔާ ސަލާމްތްކުރަން އުޅެނިކޮށް މަރުވެފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވިއެވެ.
މި ހާދިސާގައި ހިމެނޭ ޗައިނާގެ ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަމަށާއި، މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އިތުރު ތަފްސީލު އަންނަނީ…



