އައްޑޫ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ގާއިމްކުރާ ސެންޓްރަލް ޕަވާ ސްޓޭޝަންއަށް ބޭނުންވާ އިންޖީނުތައް މިހާރު އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފު ހުސެއިން ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ގާއިމްކުރާ ސެންޓްރަލް ޕަވާ ސްޓޭޝަންގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ. މި ޕަވަރ ސްޓޭޝަނަށް ބޭނުންވާ އިންޖީނުތައް އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.
”އެ މަޝްރޫޢުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްގެންދިއުމަށް މަސައްކަތްކުރަމުންދަނީ. މިހާރު ފެކްޓްރީގަ އެ އިންޖީނުތައް އުފެއްދުމުގެ މަސައްކަތްތައް ކުރިޔަށްއެބަދޭ.“ އަފީފު ވިދާޅުވިއެވެ.
މީގެ އިތުރުން އަފީފު ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ފެނަކައިން މީގެ ކުރިން ބުނެފައިވާ ގޮތުގައި މި ސްޓޭޝަނަށް ގެނައުމަށް ހަމަޖެހިފައިވަނީ ލޯ- ސްޕީީޑު ޖަނަރޭޓަރުތަކެކެވެ. އިންސްޓޯލްކޮށް ކޮމިޝަން ކުރެވެންވާއިރަށް، އިމުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދެވި ޚިދުމަތަށް ފުރިހަމައަށް ތައްޔާރުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.





1 Comment
އައްޑޫމީހުން ތިބީދައިން އަންނަ ކޮންމެ ސަރުކާރަކުން ވެބޫ ހައްދަމުން އަންނަތާ ޒަމާންތަކެއްވެއްޖެ! ދިމާވި މައްސަލައަކީ ދެވަނަބޯޑު ހަނގުރާމައިގަ އައިސް އައްޑޫގައި ބަޑަހަޖަހައިގެން ދެރަށެއްގައި އުޅުނު އިނގިރޭސީންގެ ބަލާ! ހީވޭ ބައެއްފަހަރު އައްޑު އަތޮޅަކީ ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އޮންނަ ތަނެއްހެން އައްޑޫމީހުން މިއުޅެނީ މާލޭގަ ލޯނުނަގައިގެން ފުރަމާލޭގައި އަޅާފަހުރި 10 ބުރީގެ އިމާރާތްތަކުގެ ލޯނުދައްކާލަ ދައްކާލާ. އަދިހަމަ ކިޔާނެ ޝަންގިރިއްލާ ރިސޯރޓެއްގެ ވާހަކަ އެއީވެސް ސަރުކާރުން ދަތިކޮށްގެން ހުއްޓާލި ތަނެއް. ޢެތަނެއް ވުޖޫދަށް ގެނެވުނީ އޮޅުމަކުންކަން ފަހުމްވީ އިރަށް ކ އަތޮޅާއި އއ ޢދ ގެ ރިސޯރޓުތަކުގައި މަސައްކަތްކުރި މީހުން ރަށަށް ގޮސްގެން މިތިން ސަރަހައްދުގައި މަސައްކަތްކުރާނެ ދިވެހީން ހަމަނުވެގެން. އެހެންތާވާނީ 14 ޕަސެންޓު ދިވެހީންނެއްވެސް ނެތް.