2026 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، އެސްޓީއޯ ޖެނެރަލް ޓްރޭޑިންގް އިން ”އެސްޓީއޯ ވޯލްޑް ކަޕް ފޯރި“ ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
އެސްޓީއޯއިން ބުނިގޮތުގައި، ޕްރޮމޯޝަންގެ މައިގަނޑު މަޤްސަދަކީ، ހިތްހަމަ ޖެހިލައިގެން، އެއް މާހައުލެއްގައި އާއިލާއާއި އެކު ވޯލްޑް ކަޕް ބެލުމުގެ ފުރުސަތު ހޯދައިދިނުމެވެ.
މި ޕްރޮމޯޝަންގެ ދަށުން އެސްޓީއޯއިން ވިއްކާ ތަފާތު ބްރޭންޑްތަކުގެ ޓީވީ އާއި ޕްރޮޖެކްޓަރުތަކުން %28 އާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. މީގެ ތެރޭގައި ފިލިޕްސް އަދި އެލްޖީ ބްރޭންޑުގެ ޓީވީތަކުގެ އިތުރުން އިންފޯކަސް ބޮކްސްލައިޓް ޕްރޮޖެކްޓަރުތައް ހިމެނެއެވެ. މި ޕްރޮޑަކްޓްތަކުން 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ރީޓެއިލް ކަސްޓަމަރުންގެ ތެރެއިން ހޮވޭ އެންމެ ނަސީބުވެރި ފަރާތަކަށް ލިބޭ ހާއްސަ އިނާމަކީ ދެ މީހަކަށް ފަސް ދުވަހުގެ މެލޭޝިޔާ ދަތުރެކެވެ.
މި ޕްރޮމޯޝަނުގައި ހޯލްސޭލް ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން 3،000 ރުފިޔާއިން މަތީގެ ކޮންމެ އިންވޮއިސްއަކަށް ކޫޕަނެއް ލިބޭނެއެވެ. ހޯލްސޭލް ކަސްޓަމަރުންގެ ތެރެއިން ހޮވޭ ތިން ނަސީބުވެރިންނަށް ވަނީ ވަރަށް އަގުހުރި އިނާމުތަކެއް ހުށަހަޅާފައެވެ.
ހޯލްސޭލް ނަސީބުވެރިންނަށް ކަނޑައަޅާފައިވާ އިނާމުތަކަކީ:
1 ވަނަ: 30،000 ރުފިޔާގެ ޕްރޮޑަކްޓްތައް
2 ވަނަ: 20،000 ރުފިޔާގެ ޕްރޮޑަކްޓްތައް
3 ވަނަ: 10،000 ރުފިޔާގެ ޕްރޮޑަކްޓްތައް
12 ޖުލައިގެ ނިޔަލަށް ކުރިއަށްދާ މިޕރޮމޯޝަންގައި، މީގެ އިތުރުންވެސް ކޮންމެ ހަފްތާއަކު ވޯލްޑް ކަޕާ ގުޅޭ ތަފާތު ހަރަކާތްތައް ހިންގައި، އެކި އިނާމުތައް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ އާއި ހުޅުމާލޭގެ އިތުރުން، އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކުގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.




