ރާއްޖޭގެ ކުރީގެ 6 ރައީސުންނާއެކު އިޚްލާސްތެރިކަމާއެކު މަސައްކަތްކުރެއްވި އިބްރާހީމް ޙަލީމް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އިބްރާހީމް ޙަލީމް އަވަހާރަވުމުގެ ހިތާމައިގައި ރައީސް ވަނީ، ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. އަދި މާތްﷲގެ ތަނަވަސް ރަޙުމަތުގައި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް އިބްރާހީމް ޙަލީމް ލެއްވުން އެދި ރައީސް ވަނީ ދުޢާ ދަންނަވާފައެވެ.
ރައީސްގެ ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، އިބްރާހީމް ޙަލީމް ބައި ޤަރުނަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއިރު، އޭގެތެރެއިން ބޮޑުބައެއްގައި މަސައްކަތް ކުރެއްވީ މުލިއާގޭގައި ކަމަށެވެ.
ކުރީގެ 6 ރައީސުންނާއެކު މަސައްކަތް ކުރައްވާފައިވާއިރު، އިބްރާހީމް ޙަލީމް ދިވެހި ދައުލަތަށް ޚިދުމަތްކޮށްދެއްވީ އިޚުލާޞްތެރި ކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.



