ކްރޮއޭޝިއާގައި ކުޑަ މަތިންދާބޯޓެއް ވެއްޓި ހަތަރު މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނާގޮތުގައި، އެ ގައުމުގެ އިސްޓްރިއާ ޕެނިންސިއުލާގެ މެޑުލިން ޓައުންގެ ބޭރުގައި އޮންނަ ކެމްޕަނޯޒް ކައިރިން މި ބޯޓު ވެއްޓުނު ހާދިސާގައި ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް އެ ގައުމުގެ އެމާޖެންސީ ސާވިސްއިން ދަނީ ކުރަމުންނެވެ.
”މެޑިކަލް ޓީމްތަކާއި، ފަޔަރ ފައިޓަރުންނާއި ފުލުހުން ހިމެނޭ ގޮތަށް އިމަޖެންސީ ސާވިސަސް އިން މިހާރު ދަނީ އެ މީހުންގެ ހޯދުމުގެ ތެރޭގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން“ އިސްޓްރިއާގެ ފުލުހުންގެ ތަރުޖަމާން އެލެން ޕެސިކް ވިދާޅުވިއެވެ.
އެ ގައުމުގެ ގަޑިން މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.




