ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހ.އ އަތޮޅުން ފެށިގެން ޅ. އަތޮޅަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރުނީ، މިއަދު ހަވީރު 4:00 އިން ފެށިގެން މިރޭގެ 10:00 އާ ހަމައަށެވެ.
މެޓުން ބުނީ، ހުދު ސަމާލު ނެރެފައިވާ ގަޑިތަކުގައި މިސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކުރިޔަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ކުރިޔަށް ލަފާކުރާ ގޮތަށް ބަލާލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. މީގެއިތުރުން ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއްވައެެވެ.
އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ، އިލްތިމާސް ކޮށްފައެވެ.



