ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާލާސްކަންފުޅާ އުޅުއްވާތީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފިއެވެ.
ރައީސް ޑރ. މުއިއްޒު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް ސަލްމާންގެ ސިއްހަތާ މެދުގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނުގެ އަމިއްލަ ނަމުގައާއި ދިވެހި ސަރުކާރު އަދި ދިވެހި ރައްޔިތުންގެ ނަމުގައި ސައުދީ ރަސްގެފާނަށް އަަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ. ހަމަމިއާއެކު ސައުދީ ރަސްގެފާނަށް ދިގު އުމުރަކާއެކު ދުޅަހެޔޮ ރަނގަޅު ސިއްހަތެއް ދެއްވުން އެދި ރައީސް ޑރ މުއިއްޒު ދުއާ ކުރެއްވިއެވެ.
މާތްﷲ، ސައުދީގެ ރަސްގެފާނަށް ރަނގަޅު ސިއްހަތަކާއި ދިގު އުމުރެއް ދެއްވުމަށް އެދި ރައީސް ޑރ. މުއިއްޒު ވަނީ ދުއާ ކުރައްވައިފައެވެ.
ވަރަށް ގަދަ އަށް ހުން އައިސް ހުޅުތަކުގައި ރިއްސާތީވެ، ސައުދީ ރަސްގެފާނުގެ ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި އެމަނިކުފާނަށް ޖެހިވަޑައިގެންފައި ވަނީ ފުއްޕާމޭގެ އާލާސްކަންފުޅެކެވެ.
އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ސައުދީގައި ހުންނަ އަލްސަލާމް ގަނޑުވަރުގައެވެ.



