އިސްރާއީލުން ފަލަސްތީނުގެ ރަފަހަގައި ހިންމުންދާ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު, އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން, ކުރި އަމުރަށް މަރުހަބާ ވިދާޅުވުމާއެކު، އެއަމުރަށް ވަގުތުން ތަބާވުމަށް އިޒްރޭލަށް ގޮވާލައްވައިފިއެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ ޣައްޒާގެ ދެކުނުގެ ރަފާގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ ހަމަލާތައް ވަގުތުން ހުއްޓާލާ ރަފަހަ ކުރޮސިންވެސް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުޅުވާލަން ޖެހޭނެކަމަށެވެ. މިއީ މިމަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ރަފާހަށް ހަމަލަދޭން ފެށުމުން ދެކުނު އެފްރިކާއިން އައިސީޖީއަށް ހުށަހެޅި މައްސަލައަށް އެކޯޓުން ނިންމީ ރަފާހަށް ދެމުން އަންނަ ހަމަލަތައް ވަގުތުން ހުއްޓާލުމަށެވެ.
ކޯޓުގެ މި އަމުރާއި ގުޅޭގޮތުން ރައީސް މުއިއްޒު ކުރެއްވި އެކްސް ޕޯސްޓުގައި، އައިސީޖޭގެ އަމުރަށް އިސްރާއީލުން ތަބާވާންޖެހޭނެ ކަމަށާއި، އެގައުމުން ހިންގަމުންދާ ޖަރީމާތައް ވަގުތުން ހުއްޓާލަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ކޯޓުގެ އަމުރުގައި ބުނެފައިވާ ފަދައިން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ރަފާހު ކުރޮސިންވެސް އިސްރާއީލުން ހުޅުވާލަން ޖެހޭނެކަމަށްވެސް ރައީސް މުއިއްޒުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވީ، 1967ގެ އިންތަކާއި އެއްގޮތަށް ފަލަސްތީނުގެ މިނިވަންކަމަށް ތާއީދު ކުރުންމަތީ ރާއްޖެ ދެމި އޮންނާނެ ކަމަށެވެ،
އައިސީޖޭ އަކީ ޔޫއެންގެ އެންމެ މަތީ ކޯޓެވެ. އެކޯޓުގެ އަމުރުތަކަށް ތަބާވުމަކީ ޔޫއެންގެ މެމްބަރު ގައުމުތަކަށް ލާޒިމް ކަމަކަށްވި ނަމަވެސް، ކޯޓުގެ އަމުރުތައް ތަންފީޒުކުރެވޭނެ ގޮތެއް އެކޯޓަށް ފަހިވެފައެއް ނޯވެއެވެ.



