މާފަންނު ވީބީ މާޓު ގޯޅިތެރޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި މީހަކު ރަހީނުކޮށްގެން ގެންގުޅޭ ކަމުގެ ރިޕޯޓު ލިބިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ރަހީނުކޮށްގެން ގެންގުޅުނު މީހާ މިހާރު ފުލުހުން ވަނީ ސަލާމަތްކޮށްފައި ކަމަށާއި، އެމީހާ ގެ ހާލު ރަނގަޅުކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.
އެނގިފައިވާ ގޮތުގައި ރަހީނުކޮށްފައިވަނީ ނޭޕާލްގެ ފިރިހެނެކެވެ. އަދި އޭނާ ރަހީނު ކޮށްގެން ގެންގުޅޭތާ ހަތަރު ވަރަކަށް ދުވަސް ވެދާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.
އިތުރު ތަފްސީލު އަންނަނީ…



