ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލް ގެ މަޤާމަށް ޒީނާޒް އަދުނާން ހަމަޖައްސައިފިއެވެ.
ޕީއެންސީ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ޕާޓީ އިދާރީ ގޮތުން ހިންޤުމަށް، އެސްޖީ ގެ މަޤާމަށް މިއަދު ޒީނާޒް ހަމަޖައްސާފައިވާ ކަމަށެވެ.
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު ގެ އަނބިކަނބަލުން ޒީނާޒް ވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ޕްރައިމަރީގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަ ކުރައްވާފައެވެ. ނަމަވެސް އޭނާއަށް ޕްރައިމަރީ ކާމިޔާބެއް ނުވެއެވެ.
ތައުލީމީ ދާއިރާއަށް ޒީނާޒް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައި ވާއިރު، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ސީއީއޯ ގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.



