ހުޅުމާލެ ފޭސް 2 ގައި މަގު ހުރަސްކުރި މީހެއް ގައިގައި ސައިކަލުން ޖެހި އަނިޔާވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ، ހުޅުމާލެ 2 ގެ ހިތިގަސް މަގުން، އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ކަހާލައިގެން ގޮސް ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ ރޭ 9:26 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓުގައި މަގު ހުރަސް ކުރި މީހާއަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. އަދި އެމީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށާއި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




