ރ. އުނގޫފާރު މަގުމަތީގައި އޮތް ފެންގަނޑަކަށް އެރި އުޅެނިކޮށް ކަރަންޓުގައި ޖެހުނު ކުއްޖާ ސަލާމަތްކުރަން އުޅުނު ޒުވާނާގެ ހާލު ވަރަށް ހާލު ދެރަވެ ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް އެރަށު ހޮސްޕިޓަލުން ބުނެފިއެވެ.
މަގުމަތީ އޮތް ފެންގަނޑެއްގެ ތެރެއިން ކަރަންޓުގައި ޖެހިގެން ބުރާސްފަތި ދުވަހު އެ ހޮސްޕިޓަލަށް ގެންދިޔަަ ކުދިންގެ ތެރެއިން ދެ ކުއްޖަކަށް ފަރުވާ ދިނުމަށްފަހު ގެއަށް ވަނީ ދޫކޮށްލާފައެވެ. މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 18 އަހަރުގެ ޒުވާނާއަށެވެ.
އުނގޫފާރު ހޮސްޕިޓަލުން މައުލޫމާތު ލިބުނު ގޮތުގައި އެ ޒުވާނާއަށް މިހާރު ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި އެ ޒުވާނާ މާލެ ގެންދަން ޑޮކްޓަރުން މި ވަގުތު އަދި ވިސްނާފައި ނުވާ ކަމަށާއި ވެންޓިލޭޓަރުގައި އެ ޒުވާނާއަށް ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ވަނީ ލިވިފައެވެ.
މިހާދިސާ އާ ގުޅޭގޮތުން، ފުލުހުން ބުނީ އުނގޫފާރު ކުޑަކުދިންގެ ޕާކު ކައިރީގައި އޮތް ފެންގަނޑަކަށް އެރި އުޅެނިކޮށް ދިމާވި ހާދިސާއެއްގެ މައުލޫމާތު ބުރާސްފަތި ދުވަހު މެންދުރު 1:30 ހާއިރު ކަމަށެެވެ. މިހާދިސާގައި އަނިޔާވެފައި ވަނީ، އުމުރުން 18 އަހަރުގެ ފިރިހެނަކަށާއި 12 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށެވެ.
ފުލުހުން ބުނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.



