މިރޭ 00:00 ގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ފޯރިއާއެކު، އުރީދޫގެ ފަރާތުން މާދަމާ ޚާއްސަ ހަރަކާތެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އުރީދޫ ”ފުޓްބޯލް ފޯރި ކިޑްސް“ ގެ ނަމުގައި ފެށުމަށް ހަމަޖެހިފައިވާ މި ހަރަކާތް އޮތީ މާދަމާ ހަވީރު ހުޅުމާލޭ ފޭސް 1 ގެ ސެންޓްރަލް ޕާކުގައެވެ.
އުރީދޫން ބުނީ މި ހަރަކާތް މާދަމާ ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދާނެ ކަމަށެވެ.
މާދަމާގެ މި ހަރަކާތުގައި ފުޓުބޯޅައާ ގުޅުން ހުރި ފޯރުގަދަ ހަރަކާތްތައް އޮންނާނެ ކަމަށް އުރީދޫން ބުނެފައިވެއެވެ. އެހެންކަމުން އާއިލާއާއި އެކުވެރިންނާއެކު އެ ހަރަކާތުގައި ބައިވެރިވުމަށް އުރީދޫން ދައުވަތު ދީފައިވެއެވެ.




