ވިލިމާލެ އިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ހާމަކުރިގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ ތ. މަޑިފުށި އަށް ނިސްބަތްވާ އާއިޝަތު ޒޯޔާ ފިކުރީ އެވެ. އެ ކުއްޖާ މިހާރު ދިރިއުޅޭ އެޑްރެސް އަކީ ވ. ނާލިސް ކަމަށާއި، އެންމެ ފަހުން އެ ކުއްޖާ ފެނިފައި ވަނީ މި މީގެ 4 ދުވަސް ކުރިން، މޭއި 21 ވަނަ ދުވަހު އެގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވެއެވެ.
14 އަހަރުގެ މި އަންހެން ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުން އަންނަ އިރު، އެ ކުއްޖާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ފޯނު 9790083 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.




