ވޯލްޑްކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ، މި އަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި އަލްޖީރިއާއާ ދެކޮޅަށް ކުޅެ ލިއޮނެލް މެސީގެ ހެޓްރިކަކާ އެކު 3-0 އިން މޮޅުވެއްޖެއެވެ.
މިއަދު ހެނދުނު ކުޅުނު މެޗުގެ 17 ވަނަ މިނިޓުގައި މެސީ ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއްގައި އާޖެންޓީނާ އަށް ލީޑު ނަގައިދީފައެވެ.
އެއަށްފަހު މެޗުގެ 60 ވަނަ މިނިޓުގައި ދެވަނަ ލަނޑު ޖެހި އިރު، ހެޓްރިކް ފުރިހަމަ ކުރީ 76 ވަނަ މިނިޓުގައި އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
މިއީ މެސީ ގައުމީ ޓީމަށް ކުޅެދިން 200 ވަނަ މެޗެވެ. މި މެޗުގައި ޖެހި ތިން ގޯލާ އެކު އޭނާ މިހާރު ވަނީ ގައުމީ ޓީމަށް 120 ގޯލު ހަމަ ކޮށްފައެވެ.
ހަމަ އެއާއެކު މީއީ މި މުބާރާތުގެ އެންމެ ފުރަތަމަ ހެޓްރިކެވެ. އަދި މެސީ ފީފާ ވޯލްޑް ކަޕްގައި މިހާތަނަށް ހެދި ފުރަތަމަ ހެޓްރިކްވެސް މެއެވެ.
މިއާ އެކު މެސީ ވަނީ ޖުމްލަ 16 ގޯލު ހަމަކޮށް ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ކާމިޔާބު ކޮށްފައިވާ ޖަރުމަންގެ މިރޮސްލާވް ކްލޯސޭއާ އެއްވަރު ކޮށްފަ އެވެ. މެސީ މި އަދަދަށް ގޯލު ޖަހާފައި މި ވަނީ ވޯލްޑް ކަޕްގައި 27 މެޗު ކުޅެގެންނެވެ.




