ޑޮމިނިކަން ރިޕަބްލިކްގެ ލަގްޒަރީ ރިސޯޓެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިންގައިފިއެވެ.
ލޯކަލް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގައި އިޓަލީގެ ފަތުރުވެރިއަކު މަރުވެފައިވާއިރު، އިތުރު ބައެއް ފަތުރުވެރިންނަށް އެކި ވަރުވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.
ހާދިސާ ހިނގި ތަން ކަމަށްވާ ވިވާ ޑޮމިނިކަސް ބީޗް ބައި ވިންޑަމް ރިސޯޓު ހުންނަނީ އެމެރިކާގެ ޑޮމިނިކަން ރިޕަބްލިކްގެ އިރުދެކުނު އައްސޭރީގައި އެމެރިކާ އަދި ބައިނަލްއަގްވާމީ ފަތުރުވެރިންގެ މަގުބޫލު މަންޒިލެއް ކަމަށްވާ ބަޔާހިބޭގައެވެ.
މި ހާދިސާގައި އެ ރިސޯޓު ގާތްގަނޑަކަށް މުޅިން ހަލާކުވެ، ގާތްގަނޑަކަށް 1،690 ފަތުރުވެރިން އެތަނުން ނެރެ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރަން ޖެހުނު ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި އެނގިފައެއް ނުވެއެވެ.
މި ހާދިސާ މިހާރު ތަހުގީގު ކުރަމުންދާއިރު، އެގައުމުގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ފެންނަ ފެނުމުގައި އަލިފާންގަނޑު ހަލުވިކަމާއެކު ފެތުރިގެން ދިޔައީ ވައިގެ ސަބަބުން ކަމަށެވެ.



