ފިހާރައަކުން އައިނެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ވައްކަން ކުރާ މީހާ ފެންނަ ވީޑިއޯއެއް އާންމު ކުރަމުން ފުލުހުން ބުނީ، އޭނާއަކީ މާފަންނު ޕޮލިހުން ތަހުގީގު ކުރަމުންދާ، ފިހާރައަކުން އައިނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައި ނުވާ މީހެއް ކަމަށެވެ.
އެހެންކަމުން ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިހުގެ ނަންބަރު 9660183 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.
އަދި ފުލުހުން ވަނީ އެފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.




