ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓުތަކަށް ޗައިނާ ޗެމްބަރ އޮފް ކޮމާސްގެ އެހީގައި ހަދިޔާކުރި ފިޔާ ބެހުމުގެ މަސައްކަތް ވަރަށް އަވަސް، ބާރު މިނެއްގައި ކުރިއަށްދާ ކަމަށް ކޮމޮނާޒް އެމްވީއިން ހާމަކޮށްފިއެވެ.
ކޮމޮނާޒް އެމްވީ އިން، ސައުވީސް ނޫހަށް މައުލޫމާތު ދެމުން ބުނީ ފިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސްޓީއޯ އަދި ޗައިނާ އެމްބަސީ އާ ގުޅިގެން ކަމަށް އެ ޖަމިއްޔާ އިން ވަނީ މައުލޫމާތު ދީފައެވެ.
ކޮމޮނާޒް ޖަމިއްޔާގެ ފަރާތުން މައުލޫމާތު ދިން ފަރާތުން ބުނީ ދުވަހުގެ މިހާތަނަށް އައިއިރު ދެހާހަށްވުރެ ގިނަ މީހުންނަށް، އެއް ޓަނަށްވުރެއް ގިނަ ފިޔާ ބަހާފައި ވާ ކަމަށާއި އަދިވެސް މަސައްކަތް ބާރަށް ކުރިއަށް ގެންދާކަމަށެވެ. އަދިވެސް އިތުރަށް އެ ޖަމިއްޔާއިން މައުލޫމާތު ދެމުން ބުނީ އެންމެ ބޮޑު ޖާގައެއް އޮތީ ހިޔާފުލެޓުތަކުގެ ތެރެއިން 4 ޓަވަރުގައި ކަމަށްވާތީ މިމަސައްކަތް ކުރިއަށް ގެންދަނީ އެ ޓަވަރުގައި ކަމަށާއި އެހެންނަމަވެސް ހިޔާ ކޮންމެ ޓަވަރެއްގައި ދިރިއުޅުނު ނަމަވެސް ފިޔާ ލިބޭނެ ކަމަށެވެ.
ހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް 44 ޓަނުގެ ފިޔާ ބަހާނެ އެވެ.
މިއަދު ހެނދުނު ފެށި ފިޔާ ބެހުމުގެ މިމަސައްކަތުގެ ތަފުސީލީ މައުލޫމާތު ކޮމޮނާޒް އެމްވީގެ ވައިބާ ގްރޫޕު މެދުވެރިކޮށް، އެޖަމިއްޔާ އިން ދަނީ ހުރިހާ ރައްޔިތުންނާއި ހިއްސާ ކުރަމުންނެވެ.
އެޖަމިއްޔާއިން ހާމަކުރި ގޮތުގައި މިއީ ޗައިނާ ޗެމްބަރ އޮފް ކޮމާސްގެ ދީލަތި އެހީއާއެކު ހިޔާފުލެޓުގައި ދިރިއުޅޭ ރައްޔިތުންނަށް ހަދިޔާކޮށްފައިވާ ފިޔާތަކެއް ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ.


